27.12.2016 Views

ކުރިއަށްހުރި‏ ސުންގަޑިތައް‏

MIRA_Post_Dec2016

MIRA_Post_Dec2016

SHOW MORE
SHOW LESS

You also want an ePaper? Increase the reach of your titles

YUMPU automatically turns print PDFs into web optimized ePapers that Google loves.

އަދަދު‏ 22 12/2016 ޑިސެންބަރު‏ 2016

ކުރިއަށްހުރި‏ ސުންގަޑިތައް‏

* ސުންގަޑިއެއް‏ ބަންދު‏ ދުވަހަކާ‏ ދިމާވާނަމަ‏ އައު‏ ސުންގަޑިއަކަށް‏ ވާނީ‏ ދެން‏ އެންމެ‏ އަވަހަށް‏ ހުޅުވޭ‏ ރަސްމީ‏ މަސައްކަތު‏ ދުވަހެވެ.‏

ނޮވެންބަރު‏ 2016 ގެ‏ ގްރީން‏ ޓެކްސް‏ ބަޔާން‏ ހުށަހެޅުން‏ އަދި‏ ފައިސާ‏

ދެއްކުން‏

ޖަނަވަރީ‏ 2017 ގެ‏ ޓްރޭޑް‏ ފީ‏ ދެއްކުން‏

ޖަނަވަރީ‏

10

ޑިސެންބަރު‏

28

ނޮވެންބަރު‏ 2016 ގެ‏ ޖީ.އެސް.ޓީ‏ ބަޔާން‏ ހުށަހެޅުން‏ އަދި‏ ފައިސާ‏ ދެއްކުން‏

ޑިސެންބަރު‏ 2016 ގެ‏ ވިތުހޯލްޑިންގ ޓެކްސް‏ ބަޔާން‏ ހުށަހެޅުން‏ އަދި‏

ފައިސާ‏ ދެއްކުން‏

ޖަނަވަރީ‏

15

ޑިސެންބަރު‏

28

ޖަނަވަރީ‏

10 ޑިސެންބަރު‏ 2016 ގެ‏ ޑިއުޓީ‏ ފްރީ‏ ރޯޔަލްޓީ‏ ދެއްކުން‏

ޑިސެންބަރު‏ 2016 ގެ‏ ރެމިޓެންސް‏ ޓެކްސް‏ ބަޔާން‏ ހުށަހެޅުން‏ އަދި‏ ފައިސާ‏

ދެއްކުން‏

ޖަނަވަރީ‏

15

10

2

ޖީ.އެސް.ޓީގެ‏ ބޭނުމަށް‏ ޓޫރިސްޓް‏ ހޮޓާ‏ ނުވަތަ‏

ގެސްޓްހައުސްގެ‏ ސަރަހައްދު‏ ކަނޑައަޅާ‏ ގޮތް‏ ބަޔާންކޮށްފި‏

އައިޝަތު‏ ހަސްނާ‏ އަޙްމަދު،‏ ސީނިއަރ އޮފިސަރ،‏ ޓެކްނިކަލް‏ ސަރވިސް‏

މުދަލާއި‏ ޚިދުމަތުގެ‏ އަގުން‏ ޓެކްސް‏ ނެގުމުގެ‏ ޤާނޫނުގެ‏

ު ވ ަ ތ ަ ޓ ޫ ރ ި ސ ް ޓ ް ގ ެ ސ ް ޓ ް ހ ަ އ ު ސ ް އ ެ އ ް ގ ަ އ ި

ޤާއިމްކޮށްފައިވާ‏ ފިހާރަތަކާއި،‏ ޑައިވިންގ ސްކޫލްތަކާއި،‏ ސްޕާތަކާއި،‏

ވޯޓަރ ސްޕޯޓްސް‏ ފެސިލިޓީތަކާއި،‏ އެ‏ ނޫން‏ ވެސް‏ އެ‏ ފަދަ‏ ތަންތަނަކީ‏

ޓޫރިޒަމް‏ ދާއިރާގައި‏ ހިންގާ‏ ވިޔަފާރި‏ ހަރަކާތްތައް‏ ކަމަށް‏ ބެލެވޭނެއެވެ.‏

ޓެކްސް‏ ރޫލިންގ TR-2016/G40 ‏)ޓެކްސް‏ ރޫލިންގ TR-2016/G33

އަށް‏ 1 ވަނަ‏ އިޞްލާޙު‏ ގެނައުން(‏ ގެ‏ ދަށުން،‏ ޓޫރިސްޓް‏ ހޮޓަލެއް‏ ނުވަތަ‏ ޓޫރިސްޓް‏

ގެސްޓްހައުސްއެއްގެ‏ ސަރަހައްދުގެ‏ ތެރޭގައި‏ ހިންގާ‏ ވިޔަފާރި‏ ހަރަކާތްތައް‏ ބެލެވޭނީ‏

އެފަދަ‏ ތަނެއްގައި‏ ޤާއިމުކޮށްފައިވާ‏ ތަނެއްގެ‏ ގޮތުގައި‏ ކަމުން،‏ އެ‏ ފަދަ‏ ހަރަކާތްތައް‏

ޓޫރިޒަމް‏ ދާއިރާގެ‏ ޖީ.އެސް.ޓީއަށް‏ ރަޖިސްޓަރީކުރަންޖެހެއެވެ.‏ ޓޫރިސްޓް‏ ހޮޓަލެއް‏

ނުވަތަ‏ ޓޫރިސްޓް‏ ގެސްޓްހައުސްއެއްގެ‏ ސަރަހައްދު‏ ކަނޑައަޅާނީ،‏ އެ‏ ހޮޓަލަށް‏ ނުވަތަ‏

ގެސްޓްހައުސްއަށް‏ މިނިސްޓްރީ‏ އޮފް‏ ޓޫރިޒަމުން‏ ދޫކޮށްފައިވާ‏ އޮޕަރޭޓިންގ ލައިސަންސް‏

ނުވަތަ‏ އެހެން‏ ލިޔުމަކަށް‏ ބިނާކޮށެވެ.‏ މި‏ ގޮތުން،‏ ޓޫރިސްޓް‏ ހޮޓަލެއް‏ ނުވަތަ‏ ޓޫރިސްޓް‏

ގެސްޓްހައުސްއެއް‏ ހިންގާ‏ އިމާރާތުގެ‏ ތެރޭގައި‏ ހުންނަ‏ ވިޔަފާރި‏ ހަރަކާތް‏ ހިންގާ‏

ފަރާތްތަކުން،‏ 1 ޖަނަވަރީ‏ 2017 ގެ‏ ކުރިން‏ ޓޫރިޒަމް‏ ދާއިރާގެ‏ ޖީ.އެސް.ޓީއަށް‏

ރަޖިސްޓަރީކުރަން‏ ޖެހޭނެއެވެ.‏ ނުވަތަ‏ އެ‏ ހަރަކާތް‏ ޤާއިމްވެފައިވަނީ‏ އެ‏ އިމާރާތުގެ‏ ތެރޭގައި‏

ނަމަވެސް،‏ އެ‏ ހަރަކާތް‏ ހިމެނެނީ‏ އެ‏ ޓޫރިސްޓް‏ ހޮޓާ‏ ނުވަތަ‏ ޓޫރިސްޓް‏ ގެސްޓްހައުސްގެ‏

ސަރަހައްދުން‏ ބޭރުގައި‏ ކަމަށް‏ އަންގައިދޭ‏ ލިޔުމެއް‏ 1 ޖަނަވަރީ‏

2017 ގެ‏ ކުރިން‏ މިނިސްޓްރީ‏ އޮފް‏ ޓޫރިޒަމުން‏ ހޯދަންވާނެއެވެ.‏

1 ޖަނަވަރީ‏ 2017 ގެ‏ ނިޔަލަށް‏ މިނިސްޓްރީ‏ އޮފް‏ ޓޫރިޒަމުން‏ އެ‏ ފަދަ‏

ލިޔުމެއް‏ ހޯދިފައި‏ ނެތްނަމަ،‏ އެ‏ ވިޔަފާރި‏ ހަރަކާތެއް‏ މީރާއިން‏ ޓޫރިޒަމް‏ ދާއިރާގެ‏

ޖީ.އެސް.ޓީއަށް‏ ރަޖިސްޓަރީކޮށް،‏ އެ‏ ހަރަކާތް‏ ހިންގާ‏ ފަރާތަށް‏ އެ‏ ކަން‏ އަންގާނެއެވެ.‏

އެހެން‏ ނަމަވެސް،‏ ޓޫރިސްޓް‏ ހޮޓަލެއް‏ ނުވަތަ‏ ޓޫރިސްޓް‏ ގެސްޓްހައުސްއެއް‏

ތަރައްގީކޮށް‏ ހިންގުމަށްޓަކައި‏ ސަރުކާރުން‏ ނުވަތަ‏ ސިޓީ‏ ކައުންސިލަކުން‏ ނުވަތަ‏

އަތޮޅު‏ ކައުންސިލަކުން‏ ނުވަތަ‏ ރަށު‏ ކައުންސިލަކުން‏ ކުއްޔަށްދޫކޮށްފައިވާ‏ ބިމެއްގައި‏

ހުރި‏ ޓޫރިސްޓް‏ ހޮޓަލެއް‏ ނުވަތަ‏ ޓޫރިސްޓް‏ ގެސްޓްހައުސްއެއްގައި‏ ހިންގާ‏ ހުރިހާ‏

ވިޔަފާރި‏ ހަރަކާތެއް‏ ރަޖިސްޓަރީކުރަންޖެހޭނީ‏ ޓޫރިޒަމް‏ ދާއިރާގެ‏ ޖީ.އެސް.ޓީއަށެވެ.‏

މި‏ ކަމާގުޅޭ‏ އިތުރު‏ މައުލޫމާތު‏ މީރާގެ‏ ހޮޓްލައިން‏ 1415 އަށް‏

ގުޅުމުން‏ ނުވަތަ‏ mira.gov.mv

1415@

އަށް‏ އީމެއިލް‏ ކުރުމުން‏ ލިބޭނެއެވެ.‏

ގެސްޓްހައުސްތައް‏ ހިންގާ‏ ފަރާތްތަކުން‏ ޓެކުހާ‏ ގުޅޭގޮތުން‏ ބޭނުންވާނެ‏

ގިނަ‏ މައުލޫމާތު‏ ހިމެނޭ‏ ގައިޑެއް‏ މީރާގެ‏ ވެބްސައިޓުން‏ ލިބޭނެއެވެ.‏

ހޮޓްލައިން:‏ 1415 އީމެއިލް:‏ @mira.gov.mv 1415 ވެބްސައިޓް:‏ www.mira.gov.mv

3

2017

20 million 01

30 million

January

އަހަރަކު‏ 20 މިލިއަނާއި‏ 30 މިލިއަން‏ ރުފިޔާއާ‏ ދެމެދުގެ‏ އާމްދަނީ‏

ލިބޭ‏ ފަރާތްތައް‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭމަންޓެއް‏ ހުށަހަޅަންޖެހޭ‏

މަރިޔަމް‏ ވަހީދު،‏ އެސިސްޓެންޓް‏ އޮފިސަރ،‏ މޯލްޑިވްސް‏ ޓެކްސް‏ އެކެޑަމީ‏

ޖީ.އެސް.ޓީއަށް‏ ރަޖިސްޓަރީކޮށްފައިވާ‏ ފަރާތްތަކުގެ‏ ތެރެއިން،‏

އެ‏ ފަރާތްތަކަށް‏ އަހަރެއްގެ‏ ތެރޭގައި‏ ލިބޭ‏ ޖުމުލަ‏ އާމްދަނީ‏ 30 މިލިއަން‏

ރުފިޔާއަށްވުރެ‏ ދަށް،‏ އަދި‏ 20 މިލިއަން‏ ރުފިޔާއަށްވުރެ‏ އިތުރުވާ‏ ފަރާތްތަކުން،‏

ޖީ.އެސް.ޓީ‏ ބަޔާނާއެކު‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަން‏ ފަށަން‏

ޖެހޭ‏ ތާރީޚަކީ‏ 1 ޖަނަވަރީ‏ 2017 ކަމުގައި‏ މީރާއިން‏ ކަ‏ ނޑައަޅައިފިއެވެ.‏

އެ‏ ގޮތުން،‏ އެ‏ ފަދަ‏ ފަރާތްތަކުން‏ 1 ޖަނަވަރީ‏ 2017 ނުވަތަ‏ އެ‏ ތާރީޚުގެ‏

ފަހުން‏ ފެށޭ‏ ޓެކްސް‏ ނެގޭ‏ މުއްދަތުތަކަށް‏ ހުށަހަޅާ‏ ޓެކްސް‏ ބަޔާންތަކާއެކު‏

އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަން‏ ޖެހޭނެއެވެ.‏ މީރާއިން‏ މި‏

ގޮތަށް‏ ކަނޑައެޅީ،‏ 30 މިލިއަން‏ ރުފިޔާއަށްވުރެ‏ ދަށުން‏ އާމްދަނީ‏ ލިބޭ‏

ފަރާތްތަކުން‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަން‏ ފަށަންޖެހޭ‏ ތާރީޚުތައް‏

ކަމުގައި‏ މީރާއިން‏ ކުރިން‏ ކަ‏ ނޑައަޅާފައިވާ‏ ތާރީޚުތައް‏ އިޞްލާޙުކޮށް،‏

24 ނޮވެންބަރު‏ 2016 ގައި‏ ނެރެފައިވާ‏ ޓެކްސް‏ ރޫލިންގއެއްގައެވެ.‏

މީރާއިން‏ ކުރިން‏ މ ކަނޑައަޅާފައިވާ‏ ލ ި އ ަ ގޮތުން،‏ ނ 10 ް ރ ު ފ ި ޔ ާ އ ާ

30 މިލިއަން‏ ރުފިޔާއާ‏ ދެމެދުގެ‏ އާމްދަނީ‏ ލިބޭ‏ ފަރާތްތަކުން،‏ 1 ޖަނަވަރީ‏ 2017

އިން‏ ފެށިގެން‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަން‏ ފަށަންޖެހެއެވެ.‏

އެހެން‏ ނަމަވެސް،‏ މި‏ ބަދަލާއެކު،‏ މި‏ ގިންތި‏ މިވަނީ‏ ދެ‏ ބަޔަކަށް‏ ބަހާލެވި،‏ އޭގެ‏

ތެރެއިން‏ 10 މިލިއަން‏ ރުފިޔާއާއި‏ 20 މިލިއަން‏ ރުފިޔާއާ‏ ދެމެދުގެ‏ އާމްދަނީ‏

ލިބޭ‏ ފަރާތްތަކަށް‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހެޅުމަށްޓަކައި‏ ވާންޖެހޭ‏

ތައްޔާރީތައް‏ ވުމަށްޓަކައި‏ އިތުރު‏ 6 މަސްދުވަސް‏ ދެވިފައެވެ.‏ މި‏ ގޮތުން‏ 10

މިލިއަން‏ ރުފިޔާއާއި‏ 20 މިލިއަން‏ ރުފިޔާއާ‏ ދެމެދުގެ‏ އާމްދަނީ‏ ލިބޭ‏ ފަރާތްތަކުން‏

އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަންޖެހޭނީ‏ 1 ޖުލައި‏ 2017 އިން‏

ފެށިގެންނެވެ.‏ 10 މިލިއަން‏ ރުފިޔާއަށްވުރެ‏ މަދުން‏ އާމްދަނީ‏ ލިބޭ‏ ފަރާތްތަކުން،‏

ކުރިން‏ ވެސް‏ ކަނޑައަޅާފައިވާ‏ ގޮތަށް،‏ 1 ޖަނަވަރީ‏ 2018 އިން‏ ފެށިގެންނެވެ.‏

އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓަކީ،‏ ޖީ.އެސް.ޓީ‏ ބަޔާނާއެކު‏

ހުށަހަޅަންޖެހޭ‏ ލިޔެކިޔުމެއްގެ‏ ގޮތުގައި،‏ މީރާއިން‏ 5 ފެބުރުވަރީ‏ 2015

ގައި‏ ނެރެފައިވާ‏ ޓެކްސް‏ ރޫލިންގ TR-G23/2015 ގައި‏ ކަ‏ ނޑައަޅާފައިވާ‏

ލިޔެކިޔުންތަކުގެ‏ ތެރެއިން‏ ލިޔެކިޔުމެކެވެ.‏ އެހެންނަމަވެސް،‏ ހުރިހާ‏ ޓެކްސް‏

ދައްކާފަރާތްތަކުން‏ އެއްފަހަރާ‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަން‏

ފަށަން‏ ލާޒިމުކުރުމުގެ‏ ބަދަލުގައި،‏ ލިބޭ‏ އާމްދަނީގެ‏ މިންވަރަށް‏ ބަލައި‏ ޓެކްސް‏

ދައްކާ‏ ފަރާތްތައް‏ ގިންތިކުރުމަށްފަހު،‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏

ހުށަހަޅަންޖެހޭ‏ ތާރީޚުތައް‏ މީރާއިން‏ ވަނީ‏ ކަނޑައަޅާފައެވެ.‏ މި‏ ގޮތުން‏ 30

މިލިއަން‏ ރުފިޔާއަށްވުރެ‏ އިތުރަށް‏ އާމްދަނީ‏ ލިބޭ‏ ފަރާތްތަކުން‏ މިހާރުވެސް‏ ގެންދަނީ‏

ޖީ.އެސް.ޓީ‏ ބަޔާނާއެކު‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަމުންނެވެ.‏

އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓް‏ ހުށަހަޅަންޖެހޭ‏ ފަރާތްތަކުން‏

ޚާއްޞަ‏ ސަމާލުކަމެއް‏ ދޭންޖެހޭނެ‏ އެއް‏ ކަމަކީ،‏ އެ‏ ފަރާތްތަކުން‏

ހ ު ށ ަ ހ ަ ޅ ަ ނ ް ޖ ެ ހ ޭ އ ި ނ ް ޕ ު ޓ ް ޓ ެ ކ ް ސ ް ސ ް ޓ ޭ ޓ ް މ ަ ނ ް ޓ ާ އ ި އ ަ އ ު ޓ ް ޕ ު ޓ ް ޓ ެ ކ ް ސ ް

ސްޓޭޓްމަންޓް‏ ހުށަހަޅަންޖެހޭނީ‏ މީރާގެ‏ އޮންލައިން‏ ޕޯޓަލް‏ ‏'މީރާކަނެކްޓް'‏

މެދުވެރިކޮށް‏ ކަމެވެ.‏ މި‏ ޕޯޓަލްއަށް‏ ލޮގިންކުރަން‏ ބޭނުންވާ‏ ޔޫޒަރނޭމް‏ އަދި‏

ޕާސްވޯޑް،‏ މީރާގައި‏ ރަޖިސްޓަރީކޮށްފައިވާ‏ އީމެއިލް‏ އެޑްރެހަށް‏ މީރާއިން‏

އީމެއިލް‏ ކުރާނެއެވެ.‏ އައުޓްޕުޓް‏ ޓެކްސް‏ ސްޓޭޓްމަންޓްގެ‏ ފޯމެޓް‏ އަދި‏ އެ‏

ތައްޔާރުކުރާނެ‏ ގޮތުގެ‏ އިރުޝާދު‏ މީރާގެ‏ ވެބްސައިޓުން‏ ލިބޭނެއެވެ.‏

4

ރާއްޖޭގެ‏ އެއަރޕޯޓަކުން‏ ބޭރަށް‏ ފުރާ‏ ފަސިންޖަރުންގެ‏ އަތުން‏ ޓެކްސްއާއި‏

ފީ‏ ނެގުމާބެހޭ‏ ޤާނޫނު‏ ތަޞްދީޤު‏ ކުރައްވައިފި‏

މުޙައްމަދު‏ ޢަލީ‏ ވަހީދު،‏ ޑެޕިއުޓީ‏ ޑިރެކްޓަރ،‏ މޯލްޑިވްސް‏ ޓެކްސް‏ އެކެޑަމީ‏

ދިވެހިރާއްޖޭގެ‏ އެއަރޕޯޓަކުން‏ ދިވެހިރާއްޖޭން‏ ބޭރަށް‏ ފުރާ‏

ފަސިންޖަރުންގެ‏ އަތުން‏ ޓެކްސްއާއި‏ ފީ‏ ނެގުމާބެހޭ‏ ޤާނޫނު،‏ 7 ޑިސެންބަރު‏

2016 ގައި‏ ރައީސުލްޖުމްހޫރިއްޔާ‏ ތަޞްދީޤު‏ ކުރައްވައިފިއެވެ.‏

މި‏ ޤާނޫނުގެ‏ މައިގަނޑު‏ ބައިތަކަށް‏ ބަލާލާއިރު،‏ ފުރަތަމަ‏ ކަމަކަށް،‏

ދިވެހިރާއްޖެއިން‏ ބޭރަށް‏ ފުރާ‏ ފަސިންޖަރުން‏ އަތުން‏ މިހާރުވެސް‏ ނަގަމުން‏ އަންނަ‏

އެއަރޕޯޓް‏ ސަރވިސް‏ ޗާޖް‏ އެ‏ ޤާނޫނެއްގެ‏ ދަށުން‏ ނަގަމުންދާ‏ ޤާނޫނު،‏ ޤާނޫނު‏ ނަންބަރު‏

71/78 އުވާލެވި،‏ އެއަރޕޯޓް‏ ސަރވިސް‏ ޗާޖު‏ ދެން‏ ނަގަމުންދާނީ،‏ މި‏ ޤާނޫނުގެ‏

ދަށުންކަން‏ ފާހަގަކޮށްލެވެއެވެ.‏ އަދި‏ ހަމައެއާއެކު،‏ އެއަރޕޯޓް‏ ސަރވިސް‏ ޗާޖް‏ ނެގުމުގެ‏

އިދާރީ‏ މަސައްކަތް‏ ޓެކްސް‏ ނެގުމާބެހޭ‏ އިދާރީ‏ ޤާނޫނުގެ‏ ދަށަށް‏ ގެނެސްފައިވާކަން‏

ވެސް‏ ފާހަގަކުރެވެއެވެ.‏ އެހެން‏ ނަމަވެސް،‏ މި‏ ޤާނޫނުގައި،‏ އެއަރޕޯޓް‏ ސަރވިސް‏

ޗާޖް‏ ނެގޭ‏ ރޭޓުތަކަށް‏ ބަދަލުތަކެއް‏ ގެނެސްފައެއް‏ ނުވެއެވެ.‏ އެއަރޕޯޓް‏ ސަރވިސް‏

ޗާޖު‏ ނެގޭ‏ ރޭޓަކީ‏ ކޮންމެ‏ ބިދޭސީ‏ ފަސިންޖަރެއްގެ‏ އަތުން‏ 25 އެމެރިކާ‏ ޑޮލަރު‏ އަދި‏

ކޮންމެ‏ ދިވެހި‏ ފަސިންޖަރެއްގެ‏ އަތުން‏ 12 އެމެރިކާ‏ ޑޮލަރެވެ.‏ ޑިޕްލޮމެޓިކް‏ އިމިއުނިޓީ‏

ލިބިފައިވާ‏ ފަރާތްތަކާއި،‏ ޓްރާންސިޓް‏ ފަސިންޖަރުންނާއި،‏ 2 އަހަރު‏ ފުރިހަމަނުވާ‏

ކުޑަކުދިން،‏ އެއަރޕޯޓް‏ ސަރވިސް‏ ޗާޖް‏ ނެގުމުން‏ ވަނީ‏ އިސްތިސްނާކުރެވިފައެވެ.‏

މި‏ ޤާނޫނުން‏ ފާހަގަކޮށްލެވޭ‏ މައިގަނޑު‏ އަނެއް‏ ކަމަކީ،‏ އިބްރާހިމް‏ ނާސިރު‏

އިންޓަރނޭޝަލް‏ އެއަރޕޯޓުން،‏ 1 މޭ‏ 2017 ވަނަ‏ ދުވަހުން‏ ފެށިގެން‏ ދިވެހިރާއްޖޭން‏

ބޭރަށް‏ ފުރާ‏ ކޮންމެ‏ ފަސިންޖަރެއްގެ‏ އަތުން،‏ އެއަރޕޯޓް‏ ޑިވެލޮޕްމަންޓް‏ ފީގެ‏ ނަމުގައި‏

ނެގޭ‏ ފީއެއް‏ ތައާރަފުވެގެން‏ ދިޔުމެވެ.‏ މި‏ ފީއަކީ‏ އެއަރޕޯޓު‏ ސަރވިސް‏ ޗާޖުގެ‏ އިތުރަށް‏

ނެގޭ‏ ފީއެކެވެ.‏ މި‏ ފީ‏ ނެގުމުން‏ އިސްތިސްނާކުރެވިފައިވަނީ،‏ ޑިޕްލޮމެޓީކް‏ އިމިއުނިޓީ‏

ލިބިފައިވާ‏ ފަރާތްތައް‏ އެކަންޏެވެ.‏ ޓްރާންސިޓް‏ ފަސިންޖަރުން‏ ވެސް‏ ހިމެނޭ‏ ގޮތަށް‏

ނެގޭ‏ މި‏ ފީ‏ ނެގޭ‏ ރޭޓަކީ‏ ވެސް‏ ކޮންމެ‏ ބިދޭސީ‏ ފަސިންޖަރެއްގެ‏ އަތުން‏ 25

އެމެރިކާ‏ ޑޮލަރު‏ އަދި‏ ކޮންމެ‏ ދިވެހި‏ ފަސިންޖަރެއްގެ‏ އަތުން‏ 12 އެމެރިކާ‏ ޑޮލަރެވެ.‏

ދިވެހިރާއްޖެއަށް‏ ޝެޑިއުލްޑް‏ ފްލައިޓް‏ އޮޕަރޭޓްކުރާ‏ އެއަރލައިންތަކުން‏

ދަތުރުކުރާ‏ ފަސިންޖަރުން‏ އަތުން‏ އެއަރޕޯޓް‏ ޑިވެލޮޕްމަންޓް‏ ފީއާއި‏

އެއަރޕޯޓް‏ ސަރވިސް‏ ޗާޖު‏ ނެގުމަށްފަހު‏ ކޮންމެ‏ މަހަކު‏ މީރާއަށް‏

ދެއްކުމާއި،‏ އަދި‏ އެއާ‏ ގުޅިގެން‏ ކޮންމެ‏ މަހަކަށް‏ ހުށަހަޅަންޖެހޭ‏ ބަޔާން‏ ހުށަހެޅުން‏

ލާޒިމުކުރެވިފައިވަނީ‏ އެ‏ އެއަރލައިންތަކަށެވެ.‏ ޗާޓަރު‏ ފްލައިޓްތައް‏ ނުވަތަ‏ ޕްރައިވެޓް‏

ޖެޓް‏ ފަދަ‏ މަތިންދާ‏ ބޯޓުތަކުން‏ ދިވެހިރާއްޖޭން‏ ބޭރަށް‏ ފުރާ‏ ފަސިންޖަރުން‏ އަތުން‏

އެއަރޕޯޓް‏ ޑިވެލޮޕްމަންޓް‏ ފީއާއި‏ އެއަރޕޯޓް‏ ސަރވިސް‏ ޗާޖު‏ ނެގުމަށްފަހު‏

މީރާއަށް‏ ދެއްކުމަކީ‏ އެ‏ އެއަރޕޯޓެއް‏ އޮޕަރޭޓްކުރާ‏ ފަރާތުގެ‏ ޒިންމާއެކެވެ.‏

މި‏ ޤާނޫނު‏ ތަންފީޒުކުރުމާއި،‏ މި‏ ޤާނޫނާ‏ ގުޅިގެން‏ ހަދަންޖެހޭ‏

ގަވާއިދުތަކާއި‏ އުސޫލުތައް‏ ހެދުމުގެ‏ ޒިންމާ‏ މަތިކުރެވިފައިވަނީ‏ މީރާއާއެވެ.‏

ދެވަނަ‏ ކުއާޓަރުގެ‏ ޖީ.އެސް.ޓީ‏ ނުދައްކާ‏

ފަރާތްތަކުގެ‏ ނަންތައް‏ ގެޒެޓްކޮށްފި‏

ގެޒެޓުގައި‏ ޝާއިޢުކޮށްފައިވާ‏ މި‏ ލިސްޓުގައި‏ ޓޫރިޒަމް‏

އަބްދުލް‏ ޣައްފާރު‏ އަބްދުالله،‏

ދާއިރާގައި‏ ވިޔަފާރިކުރާ‏ 8 ފަރާތަކާއި‏ އެ‏ ނޫން‏ ދާއިރާތަކުގައި‏

ޕްރިންސިޕަލް‏ އޮފިސަރ،‏ ފެސިލިޓޭޝަން‏ އެންޑް‏ ޓެކްސްޕޭޔަރ ރިލޭޝަންސް‏

ވިޔަފާރިކުރާ‏ 78 ފަރާތަކާއެކު‏ ޖުމުލަ‏ 86 ފަރާތެއްގެ‏ ނަން‏ ހިމެނެއެވެ.‏

ޖީ.އެސް.ޓީއަށް‏ ރަޖިސްޓަރީކޮށްފައިވާ‏ ފަރާތްތަކުގެ‏ ތެރެއިން‏ ޖީ.އެސް.ޓީ‏ ނުދައްކާ‏ ފަރާތްތަކުގެ‏ މައުލޫމާތު‏ ހާމަކުރުމުގެ‏

ޖީ.އެސް.ޓީ‏ ބަޔާން‏ ހުށަނާޅާ‏ އަދި‏ ޖީ.އެސް.ޓީ‏ ނުދައްކާ‏ ފަރާތްތަކުގެ‏ މައުލޫމާތު‏ ކުރިން‏ އެ‏ ފަރާތްތަކަށް‏ އެކި‏ ފަހަރު‏ މަތިން‏ ފޯނުން‏ ގުޅައި،‏ ޓެކްސް‏

ނ ު ދ ަ އ ް ހާމަކުރުމުގައި‏ ކ ާ މީރާއިން‏ ފ ަ ރ ާ ތ ް ތ ޢަމަލުކުރަމުންދާ‏ ަ ކ ަ ށ ް އުސޫލުގެ‏ ޤ ދަށުން،‏ ާ ނ ޫ ނ ު ގ އަތޮޅުތެރޭގައި‏ ަ އ ި ކ ަ ނ ޑ ަ އ ަ ޅ ަ އ ި ފ ަ އ ި ވ ާ އ ަ ދ ަ ބ ު ތ ަ އ ް

ވިޔަފާރިކުރާ‏ ފަރާތްތަކުގެ‏ ތެރެއިން‏ 2016 ވަނަ‏ އަހަރުގެ‏ ދެވަނަ‏ ކިޔައިދެވިފައިވާނެ‏ ކަމަށާއި،‏ އެސް.އެމް.އެސްގެ‏ ޒަރީއާއިންނާއި‏ އެ‏

ކުއާޓަރުގެ‏ ޖީ.އެސް.ޓީ‏ ބަޔާން‏ ހުށަނާޅާ‏ ފަރާތްތަކާއި‏ ޖީ.އެސް.ޓީ‏ ނުދައްކާ‏ ތަންތަނަށް‏ ޒިޔާރަތްކޮށްގެން‏ ވެސް‏ އެ‏ ފަރާތްތަކަށް‏ އެ‏ ކަން‏ އެންގުމުގެ‏

ފަރާތްތަކުގެ‏ މައުލޫމާތު‏ ދިވެހިސަރުކާރުގެ‏ ގެޒެޓްގައި‏ ޝާއިޢުކޮށްފިއެވެ.‏ މަސައްކަތްކޮށްފައިވާނެ‏ ކަމަށް‏ މީރާއިން‏ މައުލޫމާތު‏ ދެއްވައެވެ.‏

ހޮޓްލައިން:‏ 1415 އީމެއިލް:‏ @mira.gov.mv 1415 ވެބްސައިޓް:‏ www.mira.gov.mv

މީރާގެ‏ މުވައްޒަފުންގެ‏ މެދުގައި‏ ކޮންމެ‏ އަހަރަކު‏

ބާއްވާ‏ ‏"ސީޖީ‏ ކަޕް"‏ ގެ‏ ތެރެއިން‏

5

6

އޭޝިއާގެ‏ 6 ގައުމެއްގެ‏ ޓެކުހާ‏ ގުޅޭ‏ ތަފާސްހިސާބު‏ އޯ.އީ.ސީ.ޑީ‏ އިން‏ ޝާއިޢުކޮށްފި‏

މަރިޔަމް‏ ހިއްމަތު‏ ޙަސަން،‏ ޕްރިންސިޕަލް‏ އޮފިސަރ،‏ އިންޓަނޭޝަލް‏ ޓެކްސޭޝަން‏

29 ނޮވެންބަރު‏ 2016 ވަނަ‏ ދުވަހު‏ އޯގަނައިޒޭޝަން‏ ފޯ‏ އިކޮނޮމިކް‏

ކޯޕަރޭޝަން‏ އެންޑް‏ ޑިވެލޮޕްމަންޓް‏ ‏)އޯ.އީ.ސީ.ޑީ(‏ ގެ‏ ސެންޓަރ ފޯ‏ ޓެކްސް‏ ޕޮލިސީ‏

އެންޑް‏ އެޑްމިނިސްޓްރޭޝަން‏ އާއި‏ އޯ.އީ.ސީ.ޑީ‏ ޑިވެލޮޕްމަންޓް‏ ސެންޓަރ ގުޅިގެން‏

ވަނީ‏ ‏''ރެވެނިއު‏ ސްޓެޓިސްޓިކްސް‏ އިން‏ އޭޝިއަން‏ ކަންޓްރީސް‏ 2015'' ގެ‏ ނަމުގައި‏

ފޮތެއް‏ ޝާއިޢުކޮށްފައެވެ.‏ މި‏ ފޮތުގައި‏ އޭޝިއާގެ‏ 6 ގައުމެއްގެ‏ ‏)އިނޮޑޮނޭޝިއާ،‏

ޖަޕާން،‏ ސައުތު‏ ކޮރެއާ،‏ މެލޭޝިއާ،‏ ފިލިޕީންސް‏ އަދި‏ ސިންގަޕޫރު(‏ ތަފާސްހިސާބާއި‏

އެ‏ ގައުމުތަކުގެ‏ ޓެކުހުގެ‏ ނިޒާމަށް‏ ގެނެސްފައިވާ‏ ބަދަލުތަކާ‏ ބެހޭގޮތުން‏ ލިޔެފައިވެއެވެ.‏

މި‏ ރިޕޯޓުގައިވާ‏ ގޮތުން،‏ އޭޝިއާގެ‏ ގައުމުތަކަށް‏ މާލީގޮތުން‏ އެކި‏

ގޮންޖެހުންތައް‏ ކުރިމަތިވި‏ ނަމަވެސް‏ ޖަޕާން،‏ ކޮރެއާ،‏ ފިލިޕީންސް‏ އަދި‏ ސިންގަޕޫރުގެ‏

‏''ޓެކްސް-ޓު-ޖީ.ޑީ.ޕީ''‏ ރޭޝިއޯ‏ ވަނީ‏ 2013 ވަނަ‏ އަހަރާއި‏ 2014 ވަނަ‏ އަހަރުގެ‏

ތެރޭގައި‏ އިތުރުވެފައެވެ.‏ މި‏ ގޮތުން‏ 2014 ވަނަ‏ އަހަރު،‏ މި‏ ފޮތުގައި‏ ހިމަނާފައިވާ‏

ގައުމުތަކުގެ‏ ތެރެއިން‏ ޖަޕާން‏ އަދި‏ ކޮރެއާގެ‏ ޓެކްސް-ޓު-ޖީ.ޑީ.ޕީ‏ ރޭޝިއޯ‏ 24

އިންސައްތައަށް‏ ވުރެ‏ ބޮޑުކަން‏ ފާހަގަކޮށްފައިވެއެވެ.‏ އަދި‏ އެ‏ ނޫން‏ ގައުމުތަކުގެ‏ ރޭޝިއޯ‏

17 އިންސައްތައަށް‏ ވުރެ‏ ވެސް‏ ދަށްކަމަށް‏ އޯ.އީ.ސީ.ޑީއިން‏ ވަނީ‏ ފާހަގަކޮށްފައެވެ.‏

އޯ.އީ.ސީ.ޑީ‏ ގައުމުތަކުގެ‏ 2014 ވަނަ‏ އަހަރުގެ‏ ޓެކްސް-ޓު-ޖީ.ޑީ.ޕީ‏ ރޭޝިއޯގެ‏ އެވެރެޖް‏

އަކީ‏ 34.2 އިންސައްތައެވެ.‏ ޔުނައިޓެޑް‏ ނޭޝަންސް‏ އިކޮނޮމިކް‏ އެންޑް‏ ސޯޝަލް‏

ކޮމިޝަން‏ ފޯ‏ އޭޝިއާ‏ ‏)ޔުނެސްކެޕް(‏ އިން‏ ކަނޑައަޅާފައިވާ‏ ގޮތުގައި‏ ތަރައްގީވެފައިވާ‏

ގައުމެއްގެ‏ ގޮތުގައި‏ ބެލެވޭނީ‏ އެ‏ ގައުމެއްގެ‏ ޓެކްސް-ޓު-ޖީ.ޑީ.ޕީ‏ ރޭޝިއޯ‏ 25 އިންސައްތަ‏

އަށް‏ އެރުމުންނެވެ.‏ ފިލިޕީންސް‏ އަދި‏ އިންޑޮނޭޝިއާގެ‏ ސަރުކާރުންވަނީ‏ މި‏ ރޭޝިއޯ‏ 2016

އަދި‏ 2019 ވަނަ‏ އަހަރުގެ‏ ކުރިން‏ 17 އިންސައްތަ‏ އަށް‏ އިތުރުކުރުމަށް‏ ކަނޑައަޅާފައެވެ.‏

މި‏ ފޮތުގައި‏ އިތުރަށް‏ ފާހަގަކޮށްފައިވާ‏ ގޮތުން،‏ ކޯޕަރޭޓް‏ އިންކަމް‏ ޓެކްސް‏

‏)ސީ.އައި.ޓީ(‏ އަކީ‏ މި‏ ހަ‏ ގައުމުގެ‏ ވެސް‏ ޓެކުހުގެ‏ އާމްދަނީގެ‏ ބޮޑުބައެއް‏ ހިއްސާވާ‏

ޓެކުހެކެވެ.‏ މިގޮތުން‏ މެލޭޝިޔާގެ‏ ޓެކުގެ‏ އާމްދަނީގެ‏ 53% އަކީ‏ ސީ.އައި.ޓީ‏ މެދުވެރިކޮށް‏

ވަންނަ‏ އާމްދަނީއެވެ.‏ އޭޝިއާގެ‏ ގައުމުތަކުގެ‏ ވެލިއު‏ އެޑެޑް‏ ޓެކްސް‏ ‏)ވީ.އޭ.ޓީ(‏ ނަގާ‏

ރޭޓު‏ ދަށްވުމުގެ‏ ސަބަބުން،‏ އިންޑޮނޭޝިއާ‏ ފިޔަވާ‏ އެހެން‏ ހުރިހާ‏ ގައުމެއްގެ‏ ޓެކުގެ‏

އާމްދަނީގައި‏ ވީ.އޭ.ޓީ‏ ހިއްސާވާ‏ މިންވަރު‏ ދަށްކަމަށް‏ އޯ.އީ.ސީ.ޑީއިން‏ ފާހަގަކޮށްފައިވެއެވެ.‏

މީގެ‏ އިތުރުން،‏ އޭޝިއާގެ‏ ގައުމުތަކުގެ‏ ޓެކްސް‏ އިދާރާތަކުން‏ ބޮޑެތި‏

ވިޔަފާތިތަކަށް‏ ހާއްސަކޮށްގެން‏ ވަކި‏ ޔުނިޓުތައް‏ ހަދާފައިވާ‏ މައިގަނޑު‏ ސަބަބުތައް‏

ކަމަށް‏ މި‏ ފޮތުގައި‏ ފާހަގަކޮށްފައިވަނީ‏ ބޮޑެތި‏ ވިޔަފާރިތަކުން‏ ދައްކާ‏ ޓެކުހުގެ‏

އަދަދު‏ ބޮޑުވުމާއި‏ ބޮޑެތި‏ ވިޔަފާރިތަކުގެ‏ ތެރޭގައި‏ އެކި‏ ޒާތުގެ‏ ވިޔަފާރިތައް‏

އެކުލެވިފައިވުމުގެ‏ ސަބަބުން‏ ޓެކުހުގެ‏ މަސްއޫލިއްޔަތު‏ އަދާކުރުމުގައި‏ ތަފާތު‏ އަދި‏

ބޮޑެތި‏ މައްސަލަތައް‏ ކުރިމަތިވާތީކަމަށެވެ.‏ އަދި‏ މިފަދަ‏ ޔުނިޓެއް‏ އެކުލެވިފައިވުމުން‏

ބޮޑެތި‏ ވިޔަފާރިތަކުން‏ އައްޔަންކޮށްފައި‏ ތިބޭ‏ ޓެކުހުގެ‏ މާހިރުންނާ‏

މުއާމަލާތުކުރަން‏ ފަސޭހަވެ،‏ ޓެކުހާގުޅޭ‏ އިދާރާތަކުން‏ ބޮޑެތި‏ ޓެކްސް‏

ދައްކާފަރާތްތަކަށް‏ ފޯރުކޮށްދޭ‏ ހިދުމަތުގެ‏ ފެންވަރު‏ ރަނގަޅުވެއެވެ.‏

އައި.އެމް.އެފް‏ ގެ‏ ފިސްކަލް‏ އެފެއާރސް‏ ޑިޕާޓްމަންޓްގެ‏ ކޮންސަލްޓަންޓުން‏ މީރާއަށް‏ ކުރި‏ ޒިޔާރަތުގެ‏ ތެރެއިން‏

ހޮޓްލައިން:‏ 1415 އީމެއިލް:‏ @mira.gov.mv 1415 ވެބްސައިޓް:‏ www.mira.gov.mv

7

ނޮވެންބަރު‏ މަހު‏ މީރާއަށް‏ 1 ބިލިއަނަށްވުރެ‏

ގިނަ‏ ރުފިޔާ‏ ބަލައިގެންފި‏

ޖީ.އެސް.ޓީ‏

އެހެނިހެން‏ ޓެކުހާއި‏ ފީ‏

175.97 މިލިއަން‏ ރުފިޔާ‏

525.96 މިލިއަން‏ ރުފިޔާ‏

ގްރީން‏ ޓެކްސް‏

57.2 މިލިއަން‏ ރުފިޔާ‏

17.4%

ލީސް‏ ޕީރިއަޑް‏

އެކްސް‏ ޓެންޝަ‏ ން‏

76.75 މިލިއަން‏ ރުފިޔާ‏

5.7%

7.6%

8.4%

8.7%

52.2%

ބީ.ޕީ.ޓީ‏

ލޭންޑް‏ އެކުއިޒިޝަ‏ ން‏

އެންޑް‏ ކޮންވާޝަ‏ ން‏ ފީ‏

84.74 މިލިއަން‏ ރުފިޔާ‏

87.84 މިލިއަން‏ ރުފިޔާ‏

މަރިޔަމް‏ ޖުވައިރިޔާ،‏ ސީނިއަރ އޮފިސަރ،‏ ޕްލޭނިންގ އެންޑް‏ ސްޓެޓިސްޓިކްސް‏

ވޭތުވެދިޔަ‏ ނޮވެންބަރު‏ މަހު‏ މީރާއަށް‏ 1 ބިލިއަން‏ ރުފިޔާ‏

ބަލައިގެންފައިވާކަމަށް‏ އެ‏ އޮތޯރިޓީން‏ ހާމަކޮށްފިއެވެ.‏ މިއީ،‏ މިދިޔަ‏

އަހަރުގެ‏ ނޮވެންބަރު‏ މަހާ‏ އަޅާ‏ ބަލާއިރު‏ 21 އިންސައްތަ‏ އިތުރު‏

ސ ަ ބ ަ ބ ު ތ ަ ކ ަ ކ ީ ޓ ީ . ޖ ީ . އ ެ ސ ް . ޓ ީ ، ގ ް ރ ީ ނ ް

ު އ ި ޒ ި ޝ ަ ނ ް އ ެ ނ ް ޑ ް ކ ޮ ނ ް ވ ާ ޝ ަ ނ ް ފ ީ

އަދި‏ ޓޫރިޒަމް‏ ލޭންޑް‏ ރެންޓްގެ‏ ގޮތުގައި‏ ލިބިފައިވާ‏ ޢަދަދު‏

މިދިޔަ‏ އަހަރުގެ‏ ނޮވެންބަރު‏ މަހަށްވުރެ‏ އިތުރުވުމެވެ.‏

މި‏ ކުރިއެރުން‏ ތަކާއެކު‏ މި‏ އަހަރުގެ‏ ނޮވެންބަރު‏ މަހުގެ‏ ނިޔަލަށް‏ މީރާއަށް‏

ލިބުނު‏ ޖުމުލަ‏ އާމްދަނީ‏ ވަނީ‏ 13.29 ބިލިއަން‏ ރުފިޔާއަށް‏ އަރާފައެވެ.‏ ކުރީ‏ އަހަރުގެ‏

ނޮވެންބަރު‏ މަހުގެ‏ ނިޔަލަށް‏ ލިބުނު‏ ޖުމުލަ‏ ޢަދަދަކީ‏ 12.08 ބިލިއަން‏ ރުފިޔާއެވެ.‏

މީރާއިން‏ މަޢުލޫމާތު‏ ދީފައިވާ‏ ގޮތުގައި،‏ ނޮވެންބަރު‏ 2016 ގައި‏

އެ‏ އޮތޯރިޓީއަށް‏ ބަލައިގަތް‏ އާމްދަނީގެ‏ އެންމެ‏ ބޮޑު‏ ބައެއް‏ ހިއްސާކުރަނީ‏

ޖީ.އެސް.ޓީ‏ އެވެ.‏ އެއީ‏ 52.2% ނުވަތަ‏ 525.96 މިލިއަން‏ ރުފިޔާ‏ އެވެ.‏

ދެން‏ އެންމެ‏ ބޮޑު‏ އާމްދަނީއެއް‏ ލިބިފައިވަނީ‏ ލޭންޑް‏ އެކުއިޒިޝަން‏

އެންޑް‏ ކޮންވާޝަން‏ ފީ‏ )87.84 މިލިއަން‏ ރުފިޔާ‏ ނުވަތަ‏ 8.7%(

އިންނެވެ.‏ އަދި‏ ބީ.ޕީ.ޓީ‏ )84.74 މިލިއަން‏ ރުފިޔާ‏ ނުވަތަ‏ ) އ 8.4% ާ އ ި ،

ލީސް‏ ޕީރިއަޑް‏ އެކްސްޓެންޝަން‏ )76.75 މިލިއަން‏ ރުފިޔާ‏ ނުވަތަ‏ 7.6%(

އާއި،‏ ގްރީން‏ ޓެކްސް‏ )57.2 މިލިއަން‏ ރުފިޔާ‏ ނުވަތަ‏ 5.7%( އަދި‏ އެހެނިހެން‏

ޓެކުހާއި‏ ފީ‏ )175.97 މިލިއަން‏ ރުފިޔާ‏ ނުވަތަ‏ 17.4%( ހިމެނެއެވެ.‏

ނޮވެންބަރު‏ 2016 ގައި‏ މީރާއިން‏ ބަލައިގަތް‏ އާމްދަނީގެ‏

ތެރޭގައި‏ 42.4 މިލިއަން‏ އެމެރިކާ‏ ޑޮލަރު‏ ހިމެނެއެވެ.‏

8

ވިޔަފާރީގެ‏ ލިޔެކިޔުންތައް‏ ބަލައްހައްޓަންޖެހެނީ‏ ކީއްވެ؟

ޢަލީ‏ ޙަމީދު،‏ ސީނިއަރ އޮފިސަރ،‏ ކޮމްޕްލަޔަންސް‏

ކޮންމެ‏ ވިޔަފާރިއެއްގައި‏ ވެސް‏ ހިމެނޭ‏ އެންމެ‏ އަސާސީ‏ އެއް‏ ބަޔަކީ‏

އެކައުންޓިންގ ނުވަތަ‏ ވިޔަފާރީގެ‏ ހިސާބުތައް‏ ބެލެހެއްޓުމުގެ‏ ބައެވެ.‏ ދުވަހުން‏

ދުވަހަށް‏ ވިޔަފާރީގެ‏ މާލީ‏ ހާލަތު‏ ދެނެގަނެ،‏ އަޅަންޖެހޭ‏ ފިޔަވަޅުތައް‏ އެޅުމަށްޓަކައި‏

ވިޔަފާރީގެ‏ ހިސާބުތައް‏ ފުރިހަމައަށް‏ ބެލެހެއްޓުން‏ ވަރަށް‏ މުހިއްމެވެ.‏ ވިޔަފާރިއާއި‏

ޓެކުހާ‏ ގުޅުންހުރި‏ އެކި‏ ޤާނޫނުތަކާއި‏ ގަވާއިދުތަކުން‏ ލާޒިމުކުރާ‏ މާލީ‏ ހިސާބުތަކާއި‏

ޓެކްސް‏ ބަޔާންތައް‏ ތައްޔާރުކުރުމުގެ‏ މަސްދަރަކަށް‏ ވެސް‏ ވާނީ‏ ވިޔަފާރީގެ‏ ހިސާބުތަކެވެ.‏

ވިޔަފާރިން‏ އެކަށީގެންވާ‏ ނަފާއެއް‏ ހޯދުމަކީ‏ ކޮންމެ‏ ވިޔަފާރިވެރިއެއްގެ‏ ވެސް‏

މައިގަނޑު‏ އަމާޒުކަމަށް‏ ވާއިރު،‏ މި‏ އަމާޒު‏ ހާސިލުވަމުންދާ‏ މިންވަރު‏ ދެނެގަނެވޭނީ‏

ލިޔެކިޔުންތައް‏ ރަނގަޅަށް‏ ބެލެހެއްޓެމުންދާނަމައެވެ.‏ ވިޔަފާރީގެ‏ ކެޕިޓަލްގެ‏ ގޮތުގައި‏

ބޮޑު‏ އަދަދެއް‏ އިންވެސްޓްކުރުމަށްފަހު،‏ ލިޔެކިޔުންތައް‏ ބެލެހެއްޓުމުގައި‏ ދެވޭ‏

އަހަންމިއްޔަތުކަން‏ ކުޑަވެގެން‏ ވިޔަފާރީގެ‏ ހާލަތު‏ ރަނގަޅަށް‏ ދެނެނުގަނެވޭ‏ ހާލަތު‏

ދިމާވެއެވެ.‏ ވިޔަފާރީގެ‏ ހާލަތު‏ އަބަދުމެ‏ ބެލެމުންދާނަމަ،‏ ވިޔަފާރިއަށް‏ ކުރިމަތިވާ‏

ގޮންޖެހުންތަކަށް‏ އެކަށީގެންވާ‏ އަވަސް‏ ހައްލު‏ ހޯދުމަށް‏ ފަސޭހަވެގެންދާނެއެވެ.‏

ލިޔެކިޔުންތައް‏ ބަލަހައްޓާ‏ ނިޒާމެއްގައި‏ ހުރުން‏ މުހިއްމު‏ ސިފަތަކަށް‏

ބަލައިލާއިރު،‏ އެއީ‏ ސައްހަ‏ އަދި‏ އިތުބާރު‏ ކުރެވޭ‏ މައުލޫމާތު‏ ލިބޭ‏

ނިޒާމަކަށްވުން‏ މުހިއްމެވެ.‏ އެއީ‏ ރަނގަޅަށް‏ ބެލެހެއްޓޭ‏ ވިޔަފާރީގެ‏ މައުލޫމާތަކީ‏

ވިޔަފާރީގެ‏ މާލީ‏ ޒިންމާތައް‏ ރަނގަޅަށް‏ އަދާކުރުމަށާއި‏ ވިޔަފާރީގެ‏ ކުރިމަގު‏

ތަރައްގީކުރުމަށް‏ ނިންމާ‏ ނިންމުންތަކުގެ‏ މައިގަނޑު‏ އަސާސްކަމަށްވާތީއެވެ.‏

ވިޔަފާރީގެ‏ ލިޔެކިޔުންތަކާއި‏ ހިސާބުތައް‏ ބެލެހެއްޓުމަށް‏ ރަނގަޅު‏ ސިސްޓަމެއް‏

ހުރުމުން‏ އެއީ‏ ފުދުނީކަމަށް‏ ނިންމައިގެން‏ ނުވާނެއެވެ.‏ މި‏ ސިސްޓަމްގައި‏ ވިޔަފާރީގެ‏

ހިސާބުތައް‏ ފުރިހަމައަށް‏ ރިކޯޑު‏ ކުރުމަށް‏ ވަރަށް‏ ބޮޑަށް‏ ސަމާލުވާންޖެހެއެވެ.‏ މި‏ ގޮތުން‏

ސިސްޓަމަށް‏ މުވައްޒަފުން‏ ތަމްރީނުކުރުމަކީ‏ ވަރަށް‏ މުހިއްމުކަމެކެވެ.‏ އަދި‏ ސިސްޓަމަށް‏

މައުލޫމާތު‏ އެޅުމުގެ‏ މަސްއޫލިއްޔަތު‏ ހަވާލުވެފައިވާ‏ މުވައްޒަފުން‏ އެ‏ ކަން‏ ކުރަމުންދާ‏

ގޮތާއި‏ ފެންވަރު‏ ބެލުމަކީ‏ ކޮންމެހެން‏ ކުރަންޖެހޭ‏ ކަމެކެވެ.‏ ސަބަބަކީ‏ ސައްހަ‏ ނޫން‏

މައުލޫމާތު‏ ހިމެނިފައިވާ‏ ސިސްޓަމަކުން‏ ނަގާ‏ ރިޕޯޓެއްގައި‏ ހުރި‏ މައުލޫމާތެއްގެ‏ މައްޗަށް‏

ބިނާކޮށް‏ ނިންމާ‏ ނިންމުމުގެ‏ ސަބަބުން‏ ބޮޑެތި‏ ގެއްލުންތައް‏ ލިބުމުގެ‏ ފުރުސަތު‏ އޮތުމެވެ.‏

ވިޔަފާރީގެ‏ ހިސާބުތައް‏ ބަލަހައްޓަންޖެހޭ‏ އެންމެ‏ މުހިއްމު‏ ސަބަބުތަކުގެ‏

ތެރޭގައި‏ ދިވެހިރާއްޖޭގައި‏ ހެދިފައިވާ‏ އަދި‏ ޢަމަލުކުރަމުންދާ‏ ޤާނޫނުތަކުގައި‏ ވިޔަފާރީގެ‏

ހިސާބު‏ ބެލެހެއްޓުމަށް‏ ކަނޑައަޅައިފައި‏ އޮތުން‏ ހިމެނެއެވެ.‏ ހިސާބު‏ ނުބެލެހެއްޓުން‏

ނުވަތަ‏ ނުރަނގަޅު‏ ހިސާބު‏ ބެލެހެއްޓުމަކީ‏ ޤާނޫނީ‏ ގޮތުން‏ ކުށެކެވެ.‏ މި‏ ގޮތުން‏

ޓެކުހުގެ‏ ޤާނޫނުތަކުގެ‏ ދަށުން‏ ބަލަހައްޓަންޖެހޭ‏ ހިސާބުތަކާ‏ ލިޔެކިޔުންތައް‏ 5

އަހަރު‏ ވަންދެން‏ ބަލަހައްޓަންވާނެއެވެ.‏ މި‏ ގޮތުން،‏ ހިސާބު‏ ބަލަހައްޓަންވާނީ‏ ދިވެހި‏

ނުވަތަ‏ އިނގިރޭސި‏ ބަހުންނެވެ.‏ އަދި‏ ލިޔެކިޔުންތައް‏ ބަލަހައްޓަންވާނީ‏ މީރާއިން‏

ބޭނުންވެއްޖެ‏ ހިނދެއްގައި‏ އެ‏ ލިޔެކިޔުންތައް‏ ފަސޭހަކަމާއެކު‏ ހޯދައި‏ ބެލޭފަދަ‏

ގޮތަކަށެވެ.‏ ވިޔަފާރީގެ‏ މުއާމަލާތްތައް‏ ރިކޯޑުކުރުމާއި‏ ހިސާބު‏ ބެލެހެއްޓުމުގައި‏

ކޮމްޕިއުޓަރ ސޮފްޓްވެއަރއެއް‏ ބޭނުންނުކޮށް‏ އަތުން‏ ލިޔެގެން‏ ވެސް‏ ބެލެހެއްޓިދާނެއެވެ.‏

ނަމަވެސް‏ އަތުން‏ ލިޔެގެން‏ ހިސާބު‏ ބަލަހައްޓާ‏ ފަރާތްތަކުން‏ ހިސާބުތައް‏

ބެލެހެއްޓުމުގައި‏ ފަރުވާތެރިކަމާއެކު‏ އެ‏ ހިސާބުތައް‏ ނުގެއްލޭނެހެން،‏ ތަރުތީބުން‏

ބެލެހެއްޓުމަކީ‏ ވަރަށް‏ މުހިއްމުކަމެކެވެ.‏ ހިސާބު‏ ބެލެހެއްޓުމުގައި‏ ކޮމްޕިއުޓަރ

ސޮފްޓްވެއަރއެއް‏ ބޭނުންކުރުމަކީ‏ ގިނަ‏ ފަސޭހަތަކެއް‏ ވާނެ‏ ކަމެކެވެ.‏ ހިސާބު‏ ބެލެހުއްޓުމާ‏

ގުޅޭ‏ ގޮތުން‏ މީރާއިން‏ ތައްޔާރުކޮށްފައިވާ‏ ގައިޑެއް‏ މީރާގެ‏ ވެބްސައިޓުން‏ ލިބޭނެއެވެ.‏

އެޑްވާންސަށް‏ ލިބޭ‏ ފައިސާ‏ އިން‏ ޖީ.އެސް.ޓީ‏ ދެއްކުމުގައި‏ ލުއިގޮތެއް‏ ހަމަޖައްސައިފި‏

މުޙައްމަދު‏ ހާމީ،‏ ޕްރިންސިޕަލް‏ އޮފިސަރ،‏ ފެސިލިޓޭޝަން‏ އެންޑް‏ ޓެކްސްޕޭޔަރ ރިލޭޝަންސް‏

އެޑްވާންސަށް‏ ލިބޭ‏ ފައިސާއިން‏ ޖީ.އެސް.ޓީ‏ ދެއްކުމުގައި‏ ލުއިގޮތެއް‏

ހަމަޖެއްސުމާއެކު،‏ މުދަލާއި‏ ޚިދުމަތުގެ‏ އަގުން‏ ޖީ.އެސް.ޓީ‏ ނެގުމުގެ‏

ގަވާއިދަށް‏ ބައެއް‏ އިސްލާހުތައް‏ ގެނެސްފި‏ ކަމުގައި‏ މީރާއިން‏ ހާމަކޮށްފިއެވެ.‏

މީރާއިން‏ ނެރެފައިވާ‏ ޓެކްސް‏ ރޫލިންގައި‏ ވާގޮތުން،‏ ޓެކްސް‏ އިންވޮއިސްއެއް‏

ދޫކުރުމުގެ‏ ކުރިން‏ އެޑްވާންސްގެ‏ ގޮތުގައި‏ އެއްވެސް‏ ފައިސާއެއް‏ ލިބިއްޖެނަމަ،‏

އެއިން‏ ޖީ.އެސް.ޓީ‏ ގެ‏ އަދަދު‏ ހިސާބުކުރަން‏ ޖެހެނީ‏ އެ‏ ފައިސާ‏ ލިބޭ‏ ވަގުތު،‏ އެ‏

ލިބޭ‏ ޢަދަދެއްގެ‏ ނިސްބަތުންނެވެ.‏ ކުރިން‏ ޢަމަލު‏ ކުރަމުން‏ އައިގޮތުން،‏ އެ‏ ފަދަ‏

ފައިސާއިން‏ ޖީ.އެސް.ޓީ‏ ހިސާބުކުރަން‏ ޖެހެނީ‏ އެންމެ‏ ފުރަތަމަ‏ ފައިސާ‏ ލިބޭ‏

ވަގުތު،‏ އެ‏ ލިބޭ‏ ޢަދަދެއްގެ‏ ބަދަލުގައި،‏ އެ‏ މުއާމަލާތުގެ‏ ޖުމުލަ‏ އަދަދުންނެވެ.‏

ޖީ.އެސް.ޓީ‏ ގަވާއިދުގެ‏ 15 ވަނަ‏ މާއްދާއަށް‏ ގެނެސްފައިވާ‏ އެހެން‏ އިސްލާހުތަކުގެ‏

ތެރޭގައި،‏ އަނބުރާ‏ ރައްދު‏ ނުކުރާ‏ ޑިޕޮސިޓާއި‏ ރިޓެންޝަން‏ ފައިސާ‏ އިން‏ ޖީ.އެސް.‏

ޓީ‏ ގެ‏ އަދަދު‏ ހިސާބު‏ ކުރުމުގައި‏ އަމަލު‏ ކުރަންޖެހޭގޮތް‏ ވަނީ‏ ބަޔާން‏ ކޮށްފައެވެ.‏

މީގެ‏ އިތުރުން،‏ ގަވާއިދުގެ‏ 44 ވަނަ‏ މާއްދާގައި‏ ބަޔާންކޮށްފައިވާ‏

އިންޕުޓް‏ ޓެކްސް‏ އުނި‏ ނުކުރެވޭނެ‏ ހާލަތުތަކުގެ‏ ތެރެއަށް،‏ އެ‏ މުއާމަލާތުން‏

އައުޓްޕުޓް‏ ޓެކްސް‏ ނުދައްކާ‏ އޮތުން‏ ވަނީ‏ އިތުރު‏ ކޮށްފައެވެ.‏ އަދި‏ ޖީ.އެސް.‏

ޓީ‏ ގެ‏ ގޮތުގައި‏ އިތުރަށް‏ ދައްކާފައިވާ‏ ފައިސާ‏ ރީފަންޑްކުރުމުގައި‏ ޢަމަލުކުރާނެގޮތް‏

ބަޔާންކޮށް‏ ގަވާއިދުގެ‏ 110 ވަނަ‏ މާއްދާ‏ ވެސް‏ ވަނީ‏ އިސްލާހުކޮށްފައެވެ.‏

ހޮޓްލައިން:‏ 1415 އީމެއިލް:‏ @mira.gov.mv 1415 ވެބްސައިޓް:‏ www.mira.gov.mv

ރާއްޖޭގައި‏ ހިންގާ‏ ވިޔަފާރިއަކާ‏ ގުޅިގެން‏ މުޢާމަލާތްކުރީ‏ ބޭރުގެ‏ ބޭންކަކުން‏ ނަމަވެސް‏

ވިތްހޯލްޑިންގ ޓެކްސް‏ ދައްކަން‏ ޖެހޭނަމަ‏ އިސްތިސްނާ‏ ނުވާނެކަމަށް‏ ހައިކޯޓުން‏ ނިންމައިފި‏

9

އެޕީލް‏

ޓެކްސް‏ ދެކޮޅަށް‏ އާޞިމާއާ‏ ޢައިޝަތު‏ އެހެންކަމުން،‏ ފާތިމަތު‏ ޝައުފާ،‏ ސީނިއަރ އޮފިސަރ،‏ ލީގަލް‏ ސަރވިސް‏

ޓްރައިބިއުނަލްއިން‏ ކުރިން‏ ނިންމާފައިވާ‏ ނިންމުން‏ ހައިކޯޓުގައި‏ އިސްތިއުނާފުކުރުމުން،‏

އެ‏ މައްސަލައިގައި‏ ޓްރައިބިއުނަލްއިން‏ ނިންމިގޮތަށް‏ ބަދަލު‏ ގެންނަން‏ ޖެހޭފަދަ‏

އެއްވެސް‏ ސަބަބެއް‏ ނެތްކަމަށް‏ ހައިކޯޓުގެ‏ ޙުކުމްގައި‏ ވަނީ‏ ބަޔާންކޮށްފައެވެ.‏

މި‏ މައްސަލައަކީ،‏ ވިތުހޯލްޑިންގް‏ ޓެކުހުގެ‏ ގޮތުގައި‏ ޢައިޝަތު‏ އާޞިމާ‏ ދިވެހި‏

ދައުލަތަށް‏ ދައްކަން‏ ޖެހޭކަމަށް‏ މީރާއިން‏ ކުރި‏ އޮޑިޓަކުން‏ ކަނޑައަޅާފައިވާ‏ ފައިސާއަކީ‏

ދިވެހި‏ ރާއްޖޭގައި‏ ރަޖިސްޓަރީކޮށްގެން‏ ހިންގާ‏ ވިޔަފާރިއަކަށް‏ މަންފާ‏

ލިބޭނަމަ،‏ ބޭރުގެ‏ ބޭންކެއް‏ މެދުވެރިކޮށް‏ ބޭރުގެ‏ ފަރާތަކަށް‏ ދައްކާ‏ ފައިސާއިން‏

ވިތުހޯލްޑިންގ ޓެކްސް‏ ދައްކަން‏ ޖެހޭނަމަ،‏ އެ‏ ފަދަ‏ ފައިސާ‏ ވެސް‏ ވިތުހޯލްޑިންގ

ޓެކްސް‏ ދެއްކުމުން‏ އިސްތިސްނާ‏ ނުވާނެކަމަށް‏ ހައިކޯޓުން‏ ނިންމައިފިއެވެ.‏

ޭ ފ ަ އ ި ސ ާ އ ެ އ ް ނ ޫ ނ ް ކ ަ މ ަ ށ ް ބ ަ ޔ ާ ނ ް ކ ޮ ށ ް ، އ ެ ފ ަ ރ ާ ތ ު ނ ް ކ ޮ ށ ް ފ ަ އ ި ވ ާ އ ި އ ު ތ ި ރ ާ ޒ ާ ގ ު ޅ ި ގ ެ ނ ް

މީރާއިން‏ ނިންމި‏ ނިންމުމާމެދު‏ ހިތްހަމަ‏ ނުޖެހޭތީ،‏ އެ‏ މައްސަލަ‏ ޓްރައިބިއުނަލްގައި‏

އިސްތިއުނާފުކުރުމުން،‏ މީރާގެ‏ ނިންމުން‏ ރަނގަޅުކަމަށް‏ ޓްރައިބިއުނަލް‏ އިން‏ 2014

ވަނަ‏ އަހަރު‏ ކަނޑައެޅުމުން،‏ ހައިކޯޓުގައި‏ އިސްތިއުނާފު‏ ކޮށްފައިވާ‏ މައްސަލައެކެވެ.‏

ހައިކޯޓުންކުރި‏ ޙުކުމުގައި،‏ ވިތުހޯލްޑިންގ ޓެކްސް‏ ދެއްކުމަށް‏ މީރާއިން‏

އަންގާފައިވާ‏ މުއާމަލާތަކީ‏ ޢައިޝަތު‏ އާޞިމާ‏ ނަމަކަށް‏ ކިޔާ‏ ފަރާތެއް‏ ހިންގަމުން‏ ގެންދާ‏

ގެސްޓްހައުސްއެއް‏ އިޝްތިހާރުކުރުމަށް‏ އޭނާގެ‏ ފިރިމީހާގެ‏ ނަމުގައިވާ‏ އިނގިރޭސިވިލާތުގެ‏

ޓެކްސް‏

ފައިދާއިން‏ ވިޔަފާރީގެ‏ ޓެކްސްއަކީ،‏ ވިތުހޯލްޑިންގ ބޭންކަކުން‏ ދޫކޮށްފައިވާ‏ ކްރެޑިޓް‏ ކާޑަކުން‏ ކޮށްފައިވާ‏ މުއާމަލާތެއް‏ ކަމުގައިވީ‏ ނަމަވެސް،‏ ގޮތަށް،‏

ބަޔާންކޮށްފައިވާ‏ މާއްދާގައި‏ ވަނަ‏ 6 ޤާނޫނުގެ‏ ނެގުމާބެހޭ‏ އެ‏ މުއާމަލާތުން‏ ފައިދާ‏ ކޮށްފައިވަނީ‏ ޢައިޝަތު‏ އާޞިމާގެ‏ ނަމުގައި‏ ރަޖިސްޓަރީ‏ ކޮށްގެން‏ ދައްކަންޖެހޭ‏

ނުވަތަ‏ ދައްކާ‏ ފަރާތަކަށް‏ ވަޒަންވެރިވެފައިނުވާ‏ ރާއްޖޭގައި‏ ހިންގަމުން‏ ގެންދާ‏ ވިޔަފާރިއަކަށް‏ ކަމަށް‏ ވީތީ،‏ އެ‏ މުއާމަލާތާ‏ ގުޅިގެން‏ ވިތުހޯލްޑިންގ ފައިސާގެ‏ 10 އިންސައްތައިގެ‏ ގޮތުގައި‏ ދައުލަތަށް‏ ދައްކަންޖެހޭ‏ ޓެކުހެކެވެ.‏

ޓެކްސް‏ ދައްކަންޖެހޭނީ‏ އެ‏ ވިޔަފާރީގެ‏ ވެރިފަރާތުންކަން‏ ފާހަގަކޮށްފައިވެއެވެ.‏ ‏"ފިޔަވަތީ"ގައި‏ މީރާގެ‏ މުވައްޒަފުން‏ ބޭއްވި‏ ކުޑަކުދިންގެ‏ ހަވީރުގެ‏ ތެރެއިން‏

10

ނަޒާހާތްތެރިކަމުގެ‏ ގައުމީ‏ ވައުދުގައި‏

މީރާގެ‏ މުވައްޒަފުން‏ ސޮއިކޮށްފި‏

ޝަޒްމާ‏ ތައުފީގް،‏ ސީނިއަރ އޮފިސަރ،‏ ފެސިލިޓޭޝަން‏ އެންޑް‏ ޓެކްސްޕޭޔަރ ރިލޭޝަންސް‏

ދިވެހިރާއްޖެއިން‏ ކޮރަޕްޝަން‏ ނައްތާލުމަށްޓަކައި‏ އެންޓި-ކޮރަޕްޝަން‏

ކޮމިޝަން‏ ‏)އޭ.ސީ.ސީ(‏ އިން‏ ތައްޔާރުކޮށްފައިވާ‏ ނަޒާހަތްތެރިކަމުގެ‏

ޕްލޭންގެ‏ ދަށުން‏ އެކުލަވާލާފައިވާ‏ ‏'ނަޒާހަތްތެރިކަމުގެ‏ ގައުމީ‏ ވައުދު'‏

ގައި‏ މީރާގެ‏ މުވައްޒަފުން‏ 27 ނޮވެންބަރު‏ 2016 ގައި‏ ސޮއިކޮށްފިއެވެ.‏

ވައުދުގައި‏ ސޮއިކުރުމުގެ‏ ގޮތުން‏ އޭ.ސީ.ސީގައި‏ ބޭއްވި‏ ހަފްލާގައި‏

ކޮމިޝަނަރ ޖެނެރަލް‏ އޮފް‏ ޓެކްސޭޝަން‏ ޔަޒީދު‏ މުޙައްމަދު‏ ވިދާޅުވީ‏ މީރާގެ‏

އިންޓަރނަލް‏ ކޮންޓްރޯލް‏ ސިސްޓަމް‏ ވަރުގަދަ‏ ކުރެވިފައިވުމުން‏ މީރާގައި‏

ކޮރަޕްޝަނަށް‏ މަގުފަހިވާފަދަ‏ ކަންކަން‏ ނުހުންނާނެކަމަށާއި،‏ މީރާއަކީ‏ ވަރަށް‏

ޓްރާންސްޕޭރެންޓް‏ މުއައްސަސާ‏ އެއްކަމަށެވެ.‏ އަދި‏ މީރާގެ‏ މުވައްޒަފުން‏

ކުރާ‏ މަސައްކަތަކީ‏ އެހެން‏ މުއައްސަސާތަކާ‏ ތަފާތު‏ މަސައްކަތަކަށް‏ ވުމުން،‏

މީރާގެ‏ ހުރިހާ‏ މުވައްޒަފުން‏ ކޮންމެ‏ އަހަރަކު‏ އެ‏ މުވައްޒަފުގެ‏ އާމްދަނީއާއި‏

މިލްކިއްޔާތު‏ އަންގައިދޭ‏ މާލީ‏ ބަޔާނެއް‏ ހުށަހަޅަންޖެހޭކަން‏ ފާހަގަ‏ ކުރެއްވިއެވެ.‏

މި‏ ރަސްމިއްޔާތުގައި‏ ވާހަކަ‏ ދައްކަވަމުން‏ އޭ.ސީ.ސީގެ‏ ރައީސް‏

ޙަސަން‏ ލުޠުފީ‏ ވިދާޅުވީ‏ ނަޒާހާތްތެރިކަމުގެ‏ ވައުދުގައި‏ ސޮއިކުރުމުގެ‏

މ ާ ނ ަ އ ަ ކ ީ އ ެ މ ު އ ަ އ ް ސ ަ ސ ާ އ ެ އ ް ގ ަ އ ި ކ ޮ ރ ަ ޕ ް ޝ ަ ނ ް ފ ެ ތ ު ރ ި ފ ަ އ ި ވ ު ނ ް

ނޫން‏ ކަމަށާއި،‏ އެއީ‏ ކޮރަޕްޝަން‏ ނައްތާލުމުގެ‏ ގައުމީ‏

ޒ ި ނ ް މ ާ އ ަ ދ ާ ކ ު ރ ު މ ު ގ ަ އ ި ކ ޮ ނ ް މ ެ ފ ަ ރ ު ދ ެ އ ް ވ ެ ސ ް ވ ާ

ވައުދު‏ ކަމުގައި‏ ފާހަގަކުރެއްވިއެވެ.‏ މި‏ ވައުދުގައި‏ ސޮއިކުރުމުގެ‏

މަގުސަދަކީ‏ މުއައްސަސާތަކުން‏ ދޭ‏ ޚިދުމަތްތަކާ‏ ދޭތެރޭ‏ ރައްޔިތުންގެ‏

އިތުބާރު‏ ޤާއިމްކުރުމަށް‏ މި‏ ގައުމުން‏ ކޮރަޕްޝަން‏ ނައްތާލުމަށް‏

އެންމެން‏ މަސައްކަތްކުރުމަށް‏ އެއްބަސްވުން‏ ކަމަށް‏ ވިދާޅުވިއެވެ.‏

މީރާގެ‏ އިސް‏ މުވައްޒަފުން‏ ނަޒާހަތްތެރިކަމުގެ‏ ޤައުމީ‏ ވަޢުދުގައި‏ ސޮއިކުރުމުގެ‏ ރަސްމީއްޔާތުގެ‏ ތެރެއިން‏

ހޮޓްލައިން:‏ 1415 އީމެއިލް:‏ @mira.gov.mv 1415 ވެބްސައިޓް:‏ www.mira.gov.mv

11

2017 އިން‏ ފެށިގެން‏ ހުރިހާ‏ ވިޔަފާރިތަކުގެ‏ ހިސާބުކުރާ‏

މުއްދަތަކީ‏ 1 ޖަނަވަރީ‏ އިން‏ 31 ޑިސެންބަރަށް‏

ދޭންޖެހޭ‏ އެންމެ‏ މުހިއްމުކަމަކީ‏ އެ‏ ފަރާތްތަކުގެ‏ އިންތިގާލީ‏ ހިސާބުކުރާ‏ މުއްދަތާ‏

އަޙްމަދު‏ ޝިމާލް،‏ ސީނިއަރ މެނޭޖަރ،‏ ރެޖިސްޓްރޭޝަން‏ ޕްރޮސެސިންގ

ގުޅިގެން‏ ހުށަހަޅަންޖެހޭ‏ އިންޓެރިމް‏ ޕޭމަންޓް‏ ސްޓޭޓްމަންޓްތަކާއި‏ ބީ.ޕީ.ޓީ‏ ބަޔާން‏

ހުށަހެޅުމާއި،‏ އިންތިގާލީ‏ ހިސާބުކުރާ‏ މުއްދަތަށް‏ ދައްކަންޖެހޭ‏ ފައިސާ‏ ކަނޑައެޅިފައިވާ‏

ސުންގަޑިތަކަށް‏ ދެއްކުމެވެ.‏ އެ‏ ގޮތުން‏ އިންތިގާލީ‏ ހިސާބުކުރާ‏ މުއްދަތު‏ ފެށިފައިވަނީ‏

31 ޖުލައި‏ 2016 ގެ‏ ކުރިން‏ ކަމުގައިވާނަމަ‏ އިންތިގާލީ‏ މުއްދަތަށް‏ ފުރަތަމަ‏

އިންޓެރިމް‏ ޕޭމަންޓް‏ ސްޓޭޓްމަންޓް‏ ހުށަހަޅައި‏ ފައިސާ‏ ދެއްކުމުގެ‏ ސުންގަޑި‏ އަކީ‏

31 ޖުލައި‏ 2016 އެވެ.‏ މި‏ ތާރީޚާ‏ ހަމައަށް‏ އިންތިގާލީ‏ ހިސާބުކުރާ‏ މުއްދަތުގެ‏

ފުރަތަމަ‏ އިންޓެރިމް‏ ޕޭމަންޓް‏ ސްޓޭޓްމަންޓް‏ ހުށަހަޅައި‏ ފައިސާ‏ ދައްކާފައިނުވާ‏

ފަރާތްތަކުން‏ އެ‏ ކަމާ‏ ގުޅިގެން‏ އަރަމުންދާ‏ ޖޫރިމަނާ‏ ހުއްޓުމަކަށް‏ ގެނައުމަށް‏

ވީހާވެސް‏ އަވަހަކަށް‏ އިންޓެރިމް‏ ޕޭމަންޓް‏ ސްޓޭޓްމަންޓް‏ ހުށަހަޅައި‏ ފައިސާ‏ ދެއްކުން‏

މުހިއްމެވެ.‏ އަދި‏ އެ‏ ފަދަ‏ ފަރާތްތަކުން‏ ދެވަނަ‏ އިންޓެރިމް‏ ޕޭމަންޓް‏ ސްޓޭޓްމަންޓް‏

ހުށަހަޅައި‏ ފައިސާ‏ ދައްކަންޖެހޭ‏ ސުންގަޑިއަކީ‏ 31 ޖަނަވަރީ‏ 2017 އެވެ.‏

31 ޖުލައި‏ 2016 ގެ‏ ފަހުން‏ އިންތިގާލީ‏ ހިސާބުކުރާ‏ މުއްދަތު‏

ފެށޭ‏ ފަރާތްތަކުން‏ ވެސް،‏ އިންޓެރިމް‏ ޕޭމަންޓް‏ ސްޓޭޓްމަންޓެއް‏ 31 ޖަނަވަރީ‏

2017 ގެ‏ ނިޔަލަށް‏ ހުށަހަޅައި‏ އިންޓެރިމް‏ ޕޭމަންޓް‏ ދައްކަންޖެހެއެވެ.‏ އަދި‏ މި‏

ފަދަ‏ ހުރިހާ‏ ފަރާތްތަކުން‏ ވެސް‏ އިންތިގާލީ‏ ހިސާބުކުރާ‏ މުއްދަތަށް،‏ 30 ޖޫން‏

އެކައުންޓިންގ ޕީރިއަޑް‏ ނުވަތަ‏ ހިސާބުކުރާ‏ މުއްދަތު‏ ކަލަންޑަރު‏ އަހަރާ‏

ތަފާތުކޮށް‏ މިހާތަނަށް‏ ހުރި‏ ކުންފުނިތަކުގެ‏ ހިސާބުކުރާ‏ މުއްދަތު‏ 2017 ވަނަ‏ އަހަރުން‏

ފެށިގެން‏ ކަލަންޑަރު‏ އަހަރަށް‏ )1 ޖަނަވަރީ‏ އިން‏ 31 ޑިސެންބަރަށް(‏ ބަދަލުވެގެން‏

ދާނެއެވެ.‏ މި‏ ބަދަލާއެކު،‏ ޓެކްސް‏ ދައްކާ‏ ހުރިހާ‏ ފަރާތްތަކެއްގެ‏ ވެސް‏ ހިސާބުކުރާ‏

މުއްދަތަކީ‏ 1 ޖަނަވަރީ‏ އިން‏ 31 ޑިސެންބަރު‏ ކަމުގައި‏ ވެގެންދިޔައީއެވެ.‏ އަދި‏ ހުރިހާ‏

ފަރާތްތަކެއްގެ‏ ބީ.ޕީ.ޓީ‏ ބަޔާން‏ ހުށަހެޅުމާއި‏ ފައިނަލް‏ ޕޭމަންޓް‏ ދެއްކުމުގެ‏ ސުންގަޑިއަކީ‏

ކޮންމެ‏ އަހަރެއްގެ‏ ވެސް‏ 30 ޖޫންކަމުގައި‏ ވެގެންދިޔައީއެވެ.‏ މި‏ ބަދަލާއެކު‏ ޓެކްސް‏

ދައްކާ‏ ފަރާތްތަކަށާއި‏ މީރާއަށް‏ ވެސް‏ ފަސޭހަތަކެއް‏ ވެގެންދާނެއެވެ.‏ މި‏ ގޮތުން‏ ހުރިހާ‏

ވިޔަފާރިތަކުން‏ ބީ.ޕީ.ޓީގެ‏ ބޭނުމަށް‏ އެއް‏ ސުންގަޑިތަކަކަށް‏ ބަޔާން‏ ހުށަހަޅައި‏ ފައިސާދައްކަން‏

ޖެހުމުން‏ ސުންގަޑިތަކަށް‏ ސަމާލުކަން‏ ދިނުމުގައި‏ ޓެކްސް‏ ދައްކާ‏ ފަރާތްތަކަށް‏

ފަސޭހަވެފައި‏ ސުންގަޑިތަކުގައި‏ ޚިދުމަތްދިނުމުގައި‏ މީރާއަށް‏ ވެސް‏ ފަސޭހަވެގެންދާނެއެވެ.‏

1 ޖަނަވަރީ‏ އިން‏ 31 ޑިސެންބަރަށް‏ ނޫން‏ ގޮތަކަށް‏ ހިސާބުކުރާ‏

މުއްދަތު‏ ހުރި‏ ފަރާތްތަކުން‏ 31 ޑިސެންބަރު‏ 2016 ގެ‏ ނިޔަލަށް‏ މީރާއަށް‏

2017 ގެ‏ ނިޔަލަށް‏ ވަކި‏ ބީ.ޕީ.ޓީ‏ ބަޔާނެއް‏ ހުށަހަޅައި‏ ފައިސާ‏ ދައްކަންޖެހެއެވެ.‏

ކަލަންޑަރު‏ މުއްދަތު‏ ހިސާބުކުރާ‏ ފަރާތެއްގެ‏ އެ‏ ހުށަހަޅައިގެން‏ ލިޔުމުން‏ ފަރާތްތަކުން‏ ކަލަންޑަރުގައި‏ މުހިއްމު‏ ސުންގަޑިއެއްގެ‏

ވީމާ،‏ އެ‏ ފަދަ‏ ގައިވާ‏ ގޮތުން‏ އަހަރަށް‏ ބަދަލުކުރުމަކީ‏ ޓެކްސް‏ ރޫލިންގ TR-2015/B54 ލާޒިމްކަމެކެވެ.‏ ނަމަވެސް‏ މި‏ އަހަރު‏ ނިމުމަކާ‏ ގާތްވެފައިވާއިރު‏ ވެސް‏ މި‏ ބަދަލު‏

ކަލަންޑަރު‏ އަހަރަށް‏ ބަދަލުކުރުމަށްފަހު‏ އެ‏ ފަރާތްތަކަށް‏ މިހާރު‏ ވާނީ‏ އަންގާފައެވެ.‏

ފ ާ ހ ަ ގ ަ ކ ު ރ ު މ ަ ކ ީ ގޮތުގައި‏ މ ު 31 ހ ި އ ް ޖަނަވަރީ‏ މ 2017 ު ކ ަ މ ެ ކ ެ ވ ެ . ހ ި ސ ާ ބ ު ކ ު ރ ާ

ގެނައުމަށް‏ އެދި‏ ހުށަނާޅާ‏ ބައެއް‏ ފަރާތްތައް‏ ތިބިކަން‏ ފާހަގަކުރެވި،‏ މި‏ ބަދަލު‏ މުއްދަތު‏ ބަދަލުކޮށް‏ މީރާއިން‏ ފޮނުވާ‏ ސިޓީގައި،‏ އިންތިގާލީ‏ ހިސާބުކުރާ‏

ގެނައުމަށް‏ މިހާތަނަށް‏ ހުށަހަޅާފައިނުވާ‏ ފަރާތްތަކުގެ‏ ހިސާބުކުރާ‏ މުއްދަތު‏ މީރާއިން‏ މުއްދަތާ‏ ގުޅިގެން‏ އެ‏ ފަރާތަކުން‏ ސަމާލުކަންދޭންޖެހޭ‏ ސުންގަޑިތައް‏

ހ ަ ގ ަ ކ ު ރ ެ ވ ި ފ ަ އ ި ވ ާ ނ ެ އ ެ ވ ެ . އ ަ ދ ި ، އ ި ނ ް ތ ި ގ ާ ލ ީ ހ ި ސ ާ ބ ު ކ ު ރ ާ މ ު އ ް ދ ަ ތ ާ ގ ު ޅ ި ގ ެ ނ ް

1 ޖަނަވަރީ‏ އިން‏ 31 ޑިސެންބަރަށް‏ ހިސާބުކުރާ‏ މުއްދަތު‏ ބަދަލުވުމާ‏ ގުޅިގެން‏ ދައްކަންޖެހޭ‏ ފައިސާގެ‏ އަދަދުތައް‏ ހިސާބުކުރާނެ‏ ގޮތުގެ‏ ތަފްސީލީ‏

‏''އިންތިގާލީ''‏ ހިސާބުކުރާ‏ މުއްދަތެއް‏ އަންނާތީ،‏ އެ‏ ފަދަ‏ ފަރާތްތަކުން‏ ސަމާލުކަން‏ މައުލޫމާތު‏ ހިމެނޭ‏ ގައިޑެއް‏ މީރާގެ‏ ވެބްސައިޓުން‏ ލިބޭނެއެވެ.‏

މީރާގައި‏ ‏"ޑީމްޑް‏ ޕާޓްނަރޝިޕް"‏ ތައް‏ ރަޖިސްޓަރީކުރުމުގައި‏ ލުޔެއްދީފި‏

ޝަޒްމާ‏ ތައުފީގް،‏ ސީނިއަރ އޮފިސަރ،‏ ފެސިލިޓޭޝަން‏ އެންޑް‏ ޓެކްސްޕޭޔަރ ރިލޭޝަންސް‏

ޕާޓްނަރޝިޕް‏ ޤާނޫނުގެ‏ ދަށުން‏ ޕާޓްނަރޝިޕެއްގެ‏ ގޮތުގައި‏ ރަޖިސްޓަރީ‏ ނުކޮށް‏

އެކަކަށްވުރެ‏ ގިނަ‏ ފަރާތްތައް‏ ގުޅިގެން‏ ހިންގާ‏ ވިޔަފާރިތައް‏ މީރާގައި‏ ރަޖިސްޓަރީކުރުމުގައި‏

ޢަމަލުކުރަމުން‏ ދިޔަ‏ އުސޫލަށް‏ ލުޔެއްދީފައިވާކަމަށް‏ މީރާއިން‏ ހާމަކޮށްފިއެވެ.‏

މީރާއިން‏ ނެރެފައިވާ‏ ޓެކްސް‏ ރޫލިންގ އެއްގައި‏ ވާގޮތުން،‏ ‏''ޑީމްޑް‏

ޕާޓްނަރޝިޕް''‏ އަކުން‏ ހިންގާ‏ ވިޔަފާރި‏ ހަރަކާތްތައް‏ ހިންގުމަށް‏ ސަރުކާރުގެ‏ އިދާރާއަކުން‏

ނުވަތަ‏ ދައުލަތުގެ‏ މުއައްސަސާއަކުން‏ ދޫކުރާ‏ ހުއްދައެއް‏ ނުވަތަ‏ ލައިސަންސެއް‏ ނަގަން‏

ނުޖެހޭނަމަ،‏ އަދި‏ މުވައްޒަފުން‏ ނުވަތަ‏ އެހީތެރިންގެ‏ ގޮތުގައި‏ މީހުން‏ ނުގެންގުޅޭނަމަ،‏

އަދި‏ 12 މަސްދުވަހުގެ‏ މުއްދަތެއްގެ‏ ތެރޭގައި‏ މަހެއްގެ‏ މައްޗަށް‏ އެވްރެޖްކޮށް‏

ލިބޭ‏ ޖުމުލަ‏ އާމްދަނީ‏ 20,000 ‏)ވިހި‏ ހާސް(‏ ރުފިޔާއަށްވުރެ‏ އިތުރު‏ ނުވާނަމަ،‏

މީރާގައި‏ އެ‏ ފަދަ‏ ޑީމްޑް‏ ޕާޓްނަރޝިޕްތައް‏ ރަޖިސްޓަރީ‏ ކުރުން‏ ލާޒިމެއްނޫނެވެ.‏

ނަމަވެސް‏ އެ‏ ފަރާތްތަކުން‏ ބޭނުންވެއްޖެނަމަ‏ އެ‏ ފަދަ‏ ވިޔަފާރި‏ މީރާގައި‏

ރަޖިސްޓަރީކުރެވޭނެ‏ ކަމަށާއި،‏ ރަޖިސްޓަރީނުކުރާ‏ ޑީމްޑް‏ ޕާޓްނަރޝިޕްތަކުން‏ ވެސް،‏ ހުރިހާ‏

ހިސާބުތަކާއި‏ ލިޔެކިޔުންތައް‏ ފުރިހަމައަށް‏ ބަލަހައްޓަންޖެހޭނެ‏ ކަމުގައި‏ މީރާއިން‏ ހާމަކުރެއެވެ.‏

12

Hooray! Your file is uploaded and ready to be published.

Saved successfully!

Ooh no, something went wrong!